ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތަށް ގެނެވުނު އިސްލާހު

ދިވެހިބަހުގެ އެކެޑަމީގެ އިޢުލާން ނަންބަރު 430-DBA-B/430/2021/8  އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 2021ވަނަ އަހަރުގެ ބާއްވަން ހަމަޖެހިފައިވާ އަލްއުސްފާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރު ވާހަކަ ލިޔުމުގެ 33ވަނަ ގައުމީ މުބާރާތަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. މި ދެ މުބާރާތަށް ގެނެވުނު އިސްލާހުތައް ތިރީގައި އެ ވަނީއެވެ.

 

މި މުބާރާތުގެ އިސްކޫލުތަކުގެ ބައިގެ   

ދަށު ސާނަވީ ގިންތި

     ދަށު ސާނަވީ ގިންތީގައި ބައިވެރިވެވޭނީ 2020 ޑިސެންބަރު 31ގެ ނިޔަލަށް 13 އަހަރު ފުރި އަދި 2020 ޑިސެންބަރު 31ގެ ނިޔަލަށް 15 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

ސާނަވީ ގިންތި

      ސާނަވީ ގިންތީގައި ބައިވެރިވެވޭނީ 2020 ޑިސެންބަރު 31ގެ ނިޔަލަށް 15 އަހަރު ފުރި އަދި 2020 ޑިސެންބަރު 31ގެ ނިޔަލަށް 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

މަތީ ސާނަވީ ގިންތި

 

މަތީ ސާނަވީ ގިންތީގައި ބައިވެރިވެވޭނީ 2020 ޑިސެންބަރު 31ގެ ނިޔަލަށް 17 އަހަރު ފުރި އަދި 2020 ޑިސެންބަރު 31ގެ ނިޔަލަށް 19 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

މުބާރާތަށް ލިޔާ މަޒުމޫނުތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް

(ހ) މަޒުމޫނުގެ ދިގުމިން ތިރީގައި މި ވާ މިންގަނޑަށް ފެތުން.

  1. އިސްކޫލުތަކުގެ ދަރިވަރުންގެ ބައި:
  • ދަށު ސާނަވީ ގިންތި: 400 ލަފުޒާއި 600 ލަފުޒާ ދެމެދެވެ. (އެއީ ގާތްގަނޑަކަށް އެގްޒެމިނޭޝަން ޕޭޑުގެ 30 ފޮޅުވަތާއި 50 ފޮޅުވަތާ ދެމެދެވެ.)
  • ސާނަވީ ގިންތި: 800 ލަފުޒާއި 1000 ލަފުޒާ ދެމެދެވެ. (އެއީ ގާތްގަނޑަކަށް އެގްޒެމިނޭޝަން ޕޭޑުގެ 35 ފޮޅުވަތާއި 55 ފޮޅުވަތާ ދެމެދެވެ.)
  • މަތީ ސާނަވީ ގިންތި: 1000 ލަފުޒާއި 1200 ލަފުޒާ ދެމެދެވެ. (އެއީ ގާތްގަނޑަކަށް އެގްޒެމިނޭޝަން ޕޭޑުގެ 80 ފޮޅުވަތާއި 100 ފޮޅުވަތާ ދެމެދެވެ.)

       

20 މޭ 2021
ހޯދާ