އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދިނުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ހޯދުން

އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދިނުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 14 ޖޫން 2021 ވާ ހޯމަ ދުވަހުން ފެށިގެން 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު[email protected]  ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.    

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖޫން  2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ކުނބުރުދޫ ޞިއްޙީމަރުކަޒު ނުވަތަ އދ. އަތޮޅު ހޮސްޕިޓަލު ގައެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޖޫން 2021
ހޯދާ