ދިވެހިރާއްޖެ
ވަޒީފަގެ ފުރުސަތު
މަޤާމު |
އެސިސްޓަންޓް ކައުންސިލް އޮފިސަރ(ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު |
2 (ދެއެއް) |
މަޤާމުގެ ބާވަތް |
ކޮންޓްރެކްޓް |
ވަޒީފާ އަދާކުރަން ޖެހޭ ތަން |
ހަނިމާދޫ ކައުންސިލް އިދާރާ |
މަހު މުސާރަ / އުޖޫރަ |
މަހަކު 4465.00 (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
ސަރވިސް އެލަވަންސް |
މަހަކު 1500.00 (ފަނަރަސަތޭކަ ރުފިޔާ) |
އިތުރު ޢިނާޔަތް |
އެލަވަންސް މަހަކު 700.00 (ހަތްސަތޭކަ ރުފިޔާ) - މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާން އެލަވަންސް. |
ކޮންޓްރެކްޓް ކުރެވޭ މުއްދަތު |
މީލާދީ 01 (ހައެއް) އަހަރުދުވަސް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1-ހަމަޖެހިފައިވާ ގޮތުގެމަތިން އިޖުތިމާޢީ މަރުކަޒު ހުޅުވައި ލެއްޕުން 2ހަނިމާދޫ އިޖުތިމާޢީ މަރުކަޒަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން 3-އިންވެންޓްރީއާއި ތަނުގެ ސްޓޮކް ބެލެހެއްޓުން. 4-ތަނަށް ބޭނުންވާ ތަކެތީގެ/ޚިދުމަތުގެ ރިކްއެސްޓް ހެދުމާއި އަގުބެލުމުގެ މަސައްކަތް ކުރުން 5-އިޖުތިމާޢީ މަރުކަޒުގެ އިޖުތިމާޢީ/ކުޅިވަރު ޙަރަކާތްތައް ރާވާ ހިންގުން 6- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން. 7-ކައުންސިލްގެ އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 8-ކުޅިވަރު ޙަރަކާތްތަކާއި ގުޅިގެން ފޮނުވަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ފޮނުވައި ބެލެހެއްޓުން ކުޅިވަރު ހަރަކާތްތައް ހިންގުމަށްޓަކައި ހަދަންޖެހޭ ޕްރޮޕޯސަލްތައް ހަދައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި ޙަރަކާތްތަކުގެ ރިޕޯޓްތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ކައުންސިލްގެ އިދާރާއަށް ފޮނުވުން 9-ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އެންމެހާ އުޞޫލުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން. 10-ކުޅިވަރު ދަނޑުތަކާއި ކޯޓްތައް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 11- އެކިއެކި ޙަރަކާތްތައް ހިންގުމަށް ގެނެވޭ އޮފިޝަލުން ރިސީވްކުރުމާއި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ ބެލެހެއްޓުން 12-ކައުންސިލުން ރާވާ ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން 13-މުވައްޒަފުންގެ ޙާޟިރީއާއި ޙާޟިރީ ރިޕޯޓް ތައްޔާކޮށް ކޮންމެ މަހެއް 20 ކުރިން ކައުންސިލް އިދާރާއަށް ފޮނުވުން 14-މަސައްކަތު މީހުން ލައްވާ މަސައްކަތް ކުރުވުމާއި، ސްޕަވައިޒްކޮށް ބެލެހެއްޓުން 15- ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފަސޭހައިން ފެންނަގޮތަށް ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 16-އަންހެނުން ކޮމެޓީއާއި ކައުންސިލްގެ ބައްދަލުވުންތައް ތާވަލުކޮށް އާންމުކުރުން. 17- އަންހެނުން ކޮމެޓީއާއި ކައުންސިލް ބައްދަލުވުންތަކުގެ އެޖެންޑާ،ނިންމުންތައް ލިޔެ ބެލެހެއްޓުން. 18-އަންހެނުން ކޮމެޓީއާއި ކައުންސިލްގެ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން 19-މީގެ އިތުރުންވެސް މިމަޤާމުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ކުރުން |
މަޤާމުގެ ޝަރުޠުތައް |
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކްންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން |
ހުށަހަޅަންޖެހޭ ލިޔުންތައް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ.
ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %35 ލިބިގެންނެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 22 ވަނަދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލަށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވުމަށްފަހު އެޕްލިކޭޝަން ލިބުނުކަން ޔަޤީންކުރެއްވުން އެދެމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2021 ޖޫން 23 ވަނަ ދުވަހާއި 2021 ޖުލައި 01 ވަނަ ދުވަހާއި ދެމެދު ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް، އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |