ފިޔަވަތި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލިީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ސްކޫލްއަށް ދާ ކުދިންނަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 15 ޖޫން 2021 10:57 ގައި ބާތިލް ކުރެވިފައެވެ.


         ފިޔަވަތީގެ 2021 ވަނަ އަހަރު ސްކޫލަށްދާ ކުދިންނަށް ބޭނުންވާ ޔުނީފޯމް،ބޫޓް،ދަބަސް ފަދަ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

       ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން 2021 ވަނަ އަހަރު ސްކޫލަށްދާ ކުދިންނަށް ބޭނުންވާ ސްކޫލް ޔުނީފޯމް، އެކްޓިވިޓީ ޔުނީފޯމް، ބޫޓް، ދަބަސް، އިންޓަވަލް ބޭގް، ލަންޗް ބޮކްސް، ފެންފުޅި ފަދަ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

       ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހުޅުމާލެ، ފިޔަވަތިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ފިޔަވަތިން ޙަވާލުކުރާ މަޢުލޫމާތު ޝީޓުގައިވާ ގޮތުގެ މަތިން ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

#

ތަން

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

ފިޔަވަތި ، ހުޅުމާލެ

24 ޖޫން 2021، ބުރާސްފަތި

10:00

އަންދާސީ ހިސާބު ހުށައެޅުން/ހުޅުވުން

ފިޔަވަތި ، ހުޅުމާލެ

06 ޖުލައި 2021، އަންގާރަ

10:00

 

            މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027622 ނުވަތަ 3027614 އާއި ގުޅުއްވުން އެދެމެވެ.

                         

 

14 ޖޫން 2021
ހޯދާ