ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ނަމްބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން.

މި ކައުންސިލްގެ 1 ( އެކެއް) ނަމްބަރު ރުއްގަނޑު  5 އަހަރު ( ފަސްއަހަރު )  ދުވަހަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. މިރުއްތައް ހުރި ތަންތަނާއި ޢަދަދު ތިރީގައި އެވަނީއެވެ

 

ރުއްހުރި ސަރަހައްދު

ފޯދުނު

ނުފޯދޭ

ޕޮލިސްޓޭޝަނަށް ދޫކޮށްފައިވާ ބިމުގެ އުތުރުން ފެށިގެން އަންހެނުންގެ ޕާކާއި އެކު ބުޅާމިސްކިތް މަގާއި ދެމެދުގައިވާ ނަންބަރު 1 ޖަހާފައިވާ ރުއްތައް

77

-----

 

މި ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެކުޑަ އަގަކީ މަހަކަށް -/1250( ބާރާސަތޭކަ ފަންސާސް ރުފިޔާ )  ރުފިޔާއެވެ. އަދި މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

މި ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2021 ޖޫން  20 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ ކައުންސިލްގެ 1 (އެކެއް) ނަމްބަރު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވައި 2021 ޖޫން 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ. 

13 ޖޫން 2021
ހޯދާ