އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންހޮޅި ގުޅައިދިނުމާއި ގުޅޭ

މިހާރު މިރަށުގައި ކުރިޔަށްގެންދާ ފެނުގެ ނިޒާމުގެ މަޝްރޫޢުގެ ދަށުން ގޭގެއަށް ފެންހޮޅި ގުޅައިދިނުމަށް ހަމަޖެހިފައިވަނީ، ފެންހޮޅި ގުޅައިދިނުމަށް އެދި ފޯމު ހުށަހަޅާފަރާތް ތަކަށެވެ.   

މިކަމަށް އެދި ފޯމު ހުށަހެޅުމާއި ބަލައިގަތުމުގައި، އަދި ފެންހޮޅި ގޭގެއަށް ގުޅައިދިނުމުގައި ޢަމަލުކުރާނީ މިކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓް ކުރައްވާފައިވާ ޤަވާއިދު ނަންބަރު:2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާއިނުލައި ފެން މީޓަރު ގުޅައި ދިނުމުގައި ބެލެވޭނީ މި ޤަވާއިދުގެ 6 ވަނަ ނަމްބަރާއި 7 ވަނަ ނަންބަރުގައި ބަޔާން ކުރައްވާފައިވާ ގިންތިތަކުގެ މައްޗަށެވެ.

ވީމާ، މިހާރު މިރަށުގައި ކުރިޔަށް ގެންދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ގޭގެއަށް ފެންހޮޅި ގުޅަންއެދޭ ފަރާތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ތިރީގައި ބަޔާންކުރާ ލިޔުންތަކާއިއެކު، 2021 އޯގަސްޓް 22 އާދީއްތަ ދުވަހުގެ 12:00 ކުރިން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިކަމަށް އެދޭ ފޯމު 2021 ޖޫން 16 ވާ ބުދަ ދުވަހުން ފެށިގެން މިއިދާރައިގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމު ބަލައި ގަތުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 20 ވާ އާދީއްތަ ދުވަހުން ފެށިގެން، 2021 އޯގަސްޓް 22 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 13:30 އަށެވެ.

ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ޚިދުމަތަށް އެދޭ (ގޭގެ ވެރިފަރާތުގެ) ފަރާތުގެ އައި.ޑީ.ކާޑުގެ ދެފުށުގެ ސާފުކޮޕީ
  • ގޭގެ ރަޖިސްޓްރީގެ ސާފު ކޮޕީ
14 ޖޫން 2021
ހޯދާ