މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ބ. ދަރަވަންދޫ ބަނދަރު ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

ބޭނުންވާ ޢަދަދު:

2

މުސާރަ:

މަހަކު -/3500 ރުފިޔާ

އެލަވަންސް:

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ބަނދަރާއި ގުޅޭ ގޮތުން ޢަމަލުކުރެވެމުންދާ ޤަވާއިދުތަކާއި އެންގުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިވެދިނުން.
  2. މަސްމާރުކޭޓު ބެލެހެއްޓުން.
  3. ބަނދަރުގެ ފަޅުތެރެސާފުކޮށް ކުނިތައް ނަގާ ނައްތާލުމުގައި އެހީތެރިވެދިނުން.
  4. އަރާ ފޭބުމަށް ހެދިފައިވާ ސިޑިތައް ސާފުކުރުން.
  5. އަރާ ފޭބުމަށް ހެދިފައިވާ ސިޑިތަކުގެ ރޭލިން ފޮހެ ސާފުކުރުން.
  6. ބަނދަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ބާރުއެޅުން.
  7. ޤާވާޢިދާ ޚިލާފުވާ ފަރާތްތައް ކައުންސިލަށް ރިޕޯޓްކުރުން.
  8. ބަނދަރަށް ލިބޭ ގެއްލުންތައް ޤަވާޢިދުން ކައުންސިލަށް ރިޕޯޓްކުރުން.

ޝަރުތު:

ލިޔަންކިޔަން ދަތުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

ސުންގަޑި:

މި ވަޒީފާ  ޝައުގުވެރިވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ވަނަވަރު އަދި އައިޑީ ކާޑުގެ ކޮޕީ އަކާއިއެކު 2021 ޖޫން 21 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ފޮނުންވުން އެދެމެވެ.

ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.
  2. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަވިއު އޮންނަތާރީޚް:

2021 ޖޫން މަހުގެތެރޭގައި، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި އިންޓަވިއު އޮންނާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އިންޓަވިއުއަށް ހޮވޭ  ފަރާތްތަކަށް އިންޓަވިއު އޮންނަ ދުވަސް ފޯނުގެ ޒަރިއްޔާއިން އެންގޭނެއެވެ.

އިތުރު މާޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600002 ނަންބަރު ފޯނާއެވެ.

14 ޖޫން 2021
ހޯދާ