ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ފުނާޑު، ނިރިލް ހިގުމުގެ ދެކުނު ފަރާތް އަދި އުތުރު ފަރާތުގައި ހުރި ރުއްގަސްތަކުގެ ތެރެއިން ތިރީގައި މި ދަންނަވާ ރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

  • 01، 02، 03، 04، 05، 06، 07، 08، 09، 11، 12، 13، 14، 15، 16، 17، 18، 19، 20، 21، 24 އަދި 38 އިން 48 އަށް ނަންބަރު ޖަހާފައިވާ ރުއްތައް
  • 23،22،10 އަދި 25 އިން 37 އަށް ނަންބަރު ޖަހާފައިވާ ފުނަގަސްތައް

 

ވީމާ މި ރުއްގަސްތަކުގެ ވެރިފަރާތެއް ވާނަމަ 2021 ޖުން 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ މިލްކުވެރިކަން ސާބިތު ކޮށްފައިވާކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް މެނޭޖްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

12 ޖޫން 2021
ހޯދާ