ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރިޝަނުން ތަމުރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލުން

                                              ނަންބަރު:  (IUL)267/267/2021/18

އިއުލާން

 

އިލެކްޓްރިޝަނުން ތަމުރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލުން

 

                        ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓާ ކުމުންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން" ކޯހެއް ކުމުންދޫގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

  1. 1.     ކޯހުގައި ބައިވެރިވުމުގެ ފެންވަރު ނުވަތަ ޝަރުޠު:

ހ. އަސާސީ ތަޢުލީމު ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ،

ށ. ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް 2 ހާޞިލްކޮށްފައިވުން.

  1. 2.     ކޯހުގެފީ:
  • މަހަކު 1800ރ
  • ޓިވެޓް އެސެސްމެންޓް ފީ 1000ރ
  1. 3.     ކޯހުގެ މުއްދަތު:
  • 3 މަސްދުވަސް

 

ވީމާ، މިކޯހުގައި ބައިވެރިވުމަށްޝަޢުޤުވެރިވާ ފަރާތްތަކުން  އެޕްލިކޭޝަންފޯމް މިއިދާރާއަށް ހުށައެޅުއްވުންއެދެމެވެ. އެޕްލިކޭޝަންފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެއެވެ. އެޕްލިކޭޝަންފޯމް ހުށައެޅުމުގެ ސުންގަޑިއަކީ 2021 ޖޫން 17 ވަނަ ދުވަހުގެ 14:00 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޔޫ.ސީ.ޓީ.އައި ގެ ނަންބަރު 9661001 އަށް ގުޅުއްވުން އެދެމެވެ.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.        

                    29  ޝައްވާލު   1442ހ

10 ޖޫން 2021
ހޯދާ