މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

       ރަސްމާދޫ ކައުންސިލް އިދާރާގެ އުތުރުފަރާތު ފެންޑާ ސީލިންގ މަރާމާތު  ޝައުގުވެރިފާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021ޖޫން 13 އިން 2021 ޖޫން 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ނަމްބަރ 6580049 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ.

2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 22 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  2021 ޖޫން 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.

4. ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖޫން 28 ވާ ހޯމަ ދުވަހުގެ 13:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައި އޮނާނެއެވެ.

5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ރަސްމާދޫ ކައުންސިލް އިދާރާ: ފޯން:  6580049އީ-މެއިލް:[email protected]

                                                     10 ޖޫން 2021

10 ޖޫން 2021
ހޯދާ