މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Mediterranean Institute of Management (MIM) / Cyprus

Mediterranean Institute of Management (MIM) / Cyprus

 

       ސައިޕްރަސްގައި ހުންނަ މެޑިޓޭރިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް (އެމްއައިއެމް) ގައި ހިންގުމަށް ހަމަޖެހިފައިވާ އެމްބީއޭ ޕްރޮގްރާމްގައި އަމިއްލަ ޙަރަދުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މިޕްރޮގްރާމްގެ ކޯސް ފީއަކީ 3900 ޔޫރޯ ކަމަށްވެސް ކޯސް އިންތިޒާމް ކުރައްވާ ފަރާތުންވަނީ އަންގަވާފައެވެ.

 

މި ޕްރޮގްރާމާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

Website: www.mim.ac.cy 

Email: [email protected] / [email protected]

 

 

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 1 ޖުލައި 2021 ގެ ނިޔަލަށް

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

09 ޖޫން 2021
ހޯދާ