ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު-ކޮންޓްރެކްޓް

އިޢުލާން

މަޤާމު

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހޯނޑެއްދޫ އިޖުތިމާޢީ މަރުކަޒު / ހޯނޑެއްދޫ ކައުންސިލް އިދާރާ

މަހު މުސާރަ / އުޖޫރަ

މަހަކު 3565.00 (ތިންހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު 1500.00 (ފަނަރަސަތޭކަ ރުފިޔާ)

އިތުރު ޢިނާޔަތް

އެލަވަންސް މަހަކު 700.00 (ހަތްސަތޭކަ ރުފިޔާ)

-          މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާން އެލަވަންސް.

ކޮންޓްރެކްޓް ކުރެވޭ މުއްދަތު

މީލާދީ 01 (އެކެއް) އަހަރުދުވަސް

  • މަސައްކަތަށް ރަނގަޅުނަމަ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭގޮތަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހަމަޖެހިފައިވާ ގޮތުގެމަތިން އިޖުތިމާޢީ މަރުކަޒު ހުޅުވައި ލެއްޕުން
  2. ހޯނޑެއްދޫ އިޖުތިމާޢީ މަރުކަޒަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން
  3. އިންވެންޓްރީއާއި ތަނުގެ ސްޓޮކް ބެލެހެއްޓުން.
  4. ތަނަށް ބޭނުންވާ ތަކެތީގެ/ޚިދުމަތުގެ ރިކްއެސްޓް ހެދުމާއި އަގުބެލުމުގެ މަސައްކަތް ކުރުން
  5. އިޖުތިމާޢީ މަރުކަޒުގެ އިޖުތިމާޢީ/ކުޅިވަރު ޙަރަކާތްތައް ރާވާ ހިންގުން
  6. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން.
  7. ކައުންސިލްގެ އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  8. އިދާރީ / ޙަރަކާތްތަކާއި ގުޅިގެން ފޮނުވަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ފޮނުވައި ބެލެހެއްޓުން
  9. ޙަރަކާތްތައް ހިންގުމަށްޓަކައި ހަދަންޖެހޭ ޕްރޮޕޯސަލްތައް ހަދައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި ޙަރަކާތްތަކުގެ ރިޕޯޓްތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ކައުންސިލްގެ އިދާރާއަށް ފޮނުވުން
  10. ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އެންމެހާ އުޞޫލުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  11. ކުޅިވަރު ދަނޑުތަކާއި ކޯޓްތައް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  12. އެކިއެކި ޙަރަކާތްތައް ހިންގުމަށް ގެނެވޭ އޮފިޝަލުން ރިސީވްކުރުމާއި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ ބެލެހެއްޓުން.
  13. ކައުންސިލުން ރާވާ ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  14. މުވައްޒަފުންގެ ޙާޟިރީއާއި ޙާޟިރީ ރިޕޯޓް ތައްޔާކޮށް ކޮންމެ މަހެއް 20 ކުރިން ކައުންސިލް އިދާރާއަށް ފޮނުވުން.
  15. މަސައްކަތު މީހުން ލައްވާ މަސައްކަތް ކުރުވުމާއި، ސްޕަވައިޒްކޮށް ބެލެހެއްޓުން.
  16. ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފަސޭހައިން ފެންނަގޮތަށް، ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  17. މީގެ އިތުރުންވެސް މިމަޤާމުގެ މަސްޢޫލިއްޔަތު ތަކާއި ގުޅިގެން ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ފަރުވާތެރިކަމާއެކު މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް

ސާނަވީ ތަޢުލީމް (އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް) ފުރިހަމަ ކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް އިޢުލާނާއެކު ގެޒެޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އައިޑީ ކާޑު ނެތްނަމަ އުފަންދުވަހުގެ ސެޓްފިކެޓު،  ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ސާފު ކޮޕީ (އަދާކުރި ވަޒީފާގެ މަސައްކަތްތައް އެނގޭގޮތަށް އަދި ތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޢަދަދު އެނގޭލިޔުންތައް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ.

  1. ތަޢުލީމް (އޯލެވެލް އިން ފެށިގެން މަތީ ފާސްތައް)
  • ނޯޓް: ވަޒީފާގެ ޝަރުޠު ހަމަކުރުމަށް ބޭނުންކުރެވޭ ސެޓްފިކެޓްތަކަށް މާކްސް ނުލިބޭނެއެވެ.
  1. މަސައްކަތުގެ ތަޖުރިބާ (މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)
  2. އިމްތިހާން/ޕްރެކްޓިކަލް %25 (ޕްރެކްޓިކަލް ދެވޭނީ މިވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ގުޅޭގޮތުންނެވެ.)
  3. ލިބިފައިވާ ހުނަރު (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %50

ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %35 ލިބިގެންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 20 ވަނަދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލަށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވުމަށްފަހު އެޕްލިކޭޝަން ލިބުނުކަން ޔަޤީންކުރެއްވުން އެދެމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2021 ޖޫން 21 ވަނަ ދުވަހާއި 2021 ޖޫން 26 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް، އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

08 ޖޫން 2021
ހޯދާ