ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރުތަކުގެ ތެރެއިން ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާއި ގުޅޭ
ބަނދަރު ތެރޭގައި އުޅަނދުފަހަރު މަރާމާތުކުރުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދުގައި އަޅާފައި ހުރި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު ފަޅުތެރެއިން ނެގުމަށް މިކައުންސިލްގެ ނަންބަރު (IUL)468-CMCR/468/2021/102 (26 މެއި 2021) އިޢުލާނުން އެންގިފައި ވީނަމަވެސް އަދިވެސް މިސަރަޙައްދުން ބޭނުންނުކޮށް ގިނަދުވަސްވީ އުޅނަދުފަހަރު ނުނަގާ ހުރިކަން ފާހަގަ ވާތީ މިމުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ބަނދަރު ބެލެހެއްޓުމުގެ ގަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ތޮށިގަނޑުކައިރީގައި ބޭއްވޭނީ ކައުންސިލުގެ ހުއްދައާއިއެކު، ގިނަވެގެން 5 (ފަސް) ދުވަސް ވަންދެންނެވެ. އަދި ކައުންސިލުން ހުއްދަ ދެވޭނީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމުން ހުށަހެޅުމުންނެވެ.
ވީމާ، މިވަގުތު ފުވައްމުލަކު ބަނދަރުގެ ފަޅުތެރޭގައި އަޅާފައިވާ ބޭނުންނުކުރާތާ ގިނަދުވަސްވީ އުޅަނދުފަހަރު 14 ޖޫން 2021 ވާ ހޯމަ ދުވަހުގެ ކުރިން ފަޅުތެރެއިން ނެގުމަށް އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މުއްދަތު ތެރޭގައި ނުނަގާ ހުރި ބޭނުންނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ފަޅުތެރެއިން ނެގުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ.