ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ބައެއް ތަކެތި ނީލަން ކިޔުމާ ބެހޭ

މިމަރުކަޒުގެ ބައެއް ތަކެތި ނީލަން ކިޔުމާ ބެހޭ

މި މަރުކަޒުގައި މިހާރު ބޭނުންނުކުރާ ތިރީގައިވާ ތަކެތި ނީލަމުގެގޮތުގައި ވިއްކާލަން ބޭނުންވެއެވެ.

  • 2 ކޮމްޕިއުޓަރ ( ޑެލް)
  • 9 ޔޫ.ޕީ.އެސް
  • 5 ވައިޓް ބޯޑް
  • 8 ޓީވީ ( ސެމްސަންގ ޕްލާސްމާ)
  • 1 އިލެކްޓްރިކް ކެޓުލް
  • 1 ޓޯސްޓަރ
  • 1 ކޮފީ މޭކަރ
  • 1 ޕްރިންޓަރ (ޑެލް)
  • 68 ޕްލާސްޓިކް ގޮނޑި
  • 1 ލޮކަރ

މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައިމިވަނީއެވެ.

  1. ނީލަންކިޔުން އޮންނާނީ 20 ޖޫން 2021 ވާ އަންގާރަ ދުވަހު 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
  2. ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
  3. ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
  4. ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
  5. ނީލަން ނިމޭތާ 1 ގަޑި އިރުތެރޭ ނީލަން ލިބުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
  6. ނީލަމުން ތަކެތި ނަގާ ފަރާތްތަކުން ހަމަ އެ ދުވަހު ނީލަން ނިމުމުން އެ ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

      މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500014  ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

10 ޖޫން 2021
ހޯދާ