ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫގެ ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުން:

މިކައުންސިލާއި ސަރުކާރުގެ އިދާރާތަކުން ރަށުގެ ތަރައްޤީއަށް ރާވާ ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫޢުތަކާއި އެހެނިހެން ޙަރަކާތްތައް ހިންގުމުގައި އެކިއެކި ދާއިރާތަށް ހިމެނޭގޮތަށް އެފަރާތްތަކުގެ ލަފާ ހޯދައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާތީ، ތިރީގައިމިވާ ދާއިރާތަކުން މި ކައުންސިލުގެ ލަފާދޭ ކޮމެޓީގެ މެމްބަރަކަށް ވުމަށްއެދޭ ފަރާތްތަކުން 2021 ޖޫން 24 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން ބަޔާންކޮށް މިކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނަމަ މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައި އެކަން އެންގެވުން އެދެމެވެ.

05 މެމްބަރުން (ރަށުގެ ޢާއްމު ރައްޔިތުންގެ ތެރެއިން)

05 މެމްބަރުން (ޖަމްޢިއްޔާ ޖަމާޢަތްތަކުން)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖޫން 2021
ހޯދާ