ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު-ކައުންސިލް އެސިސްޓެންޓް(ކޮންޓްރެކްޓް)

އިޢުލާން

މަޤާމު

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހޯނޑެއްދޫ އިޖުތިމާޢީ މަރުކަޒު / ހޯނޑެއްދޫ ކައުންސިލް އިދާރާ

މަހު މުސާރަ / އުޖޫރަ

މަހަކު 3100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު 1000.00 (ފަނަރަސަތޭކަ ރުފިޔާ)

އިތުރު ޢިނާޔަތް

އެލަވަންސް މަހަކު 1200.00 (ބާރަސަތޭކަ ރުފިޔާ)

-          މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާން އެލަވަންސް.

ކޮންޓްރެކްޓް ކުރެވޭ މުއްދަތު

މީލާދީ 01 (ހައެއް) އަހަރުދުވަސް

  • މަސައްކަތަށް ރަނގަޅުނަމަ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭގޮތަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތަކުގެ 2/1 ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  2. އިޖުތިމާޢީ މަރުކަޒުން ހަމަޖައްސާ އުޞޫލެއްގެ ތެރެއިން ހޯނޑެއްދޫ ފުޓްބޯޅަ ދަނޑު، މީހުން ދިރިއުޅޭ ގޯތިތަކާއި ގުޅިފައިވާ މަގުތަކުގެ 2/1 ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި ބޯޅަގެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
  3. އިޖުތިމާޢީ މަރުކަޒުގެ ވަޅު ދިޔަހިއްކުމާއި ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.
  4. އިޖުތިމާޢީ މަރުކަޒުގެ ގިފިއްޔާއި ފާޚާނާ ސާފުކޮށް ބެލެހެއްޓުން.
  5. އިޖުތިމާޢީ މަރުކަޒާއި އެމަރުކަޒުގެ ދަށުން ހިންގާ ޢިމާރާތްތަކުގެ އެތެރެ ފޮޅާ ސާފުކުރުމާއި މޮޕްޖަހާ ބެލެހެއްޓުން.
  6. އިޖުތިމާޢީ މަރުކަޒުގެ ދަށުން ހިންގާ ޢިމާރާތްތަކުގެ ދޮރާއި ދޮރުފަތްތަކާއި ފަރުނީޗަރާއި އިލެކްޓްރޯނިކް އާލާތްތަކާއި، ހިފާގެންގުޅޭ ސާމާނުތަކުގައި ހުންނަ ހިރަފުސްފޮޅާ ސާފުކޮށް ބެލެހެއްޓުން (ދޮވެވޭގޮތަށް ހުންނަ ތަކެތި ދޮވެ ބެލެހެއްޓުން)
  7. ގޯތިތެރޭގައި ހުންނަ ރުއްގަސްތައް ސާފުކޮށް ބެލެހެއްޓުމާއި ގޯތިތެރޭގައި ހުންނަ ބަގީޗާ ފަދަ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން.
  9. ކައުންސިލްގެ އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  10. އިޢުލާން ޖެހުމާއި އެކިފަރާތްތަކަށް ރައްދުކުރުމަށް ޙަވާލުކުރެވޭ ލިޔުން/ތަކެތި ޤަވާއިދުން ޙަވާލުކޮށް ބެލެހެއްޓުން.
  11. ފުޓްބޯޅަ ދަނޑާއި އިޖުތިމާޢީ މަރުކަޒުގެ / ކައުންސިލް ބެލުމުގެ ދަށުގައިވާ ބިންތަކުގައި ހައްދާފައިވާ ވިނަ (ކާޕެޓް ގްރާސް) ކޮށައި ސާފުކޮށް ބެލެހެއްޓުން.
  12. އިޖުތިމާޢީ މަރުކަޒުން ރާވާ ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެ މަސައްކަތްކުރާ މުވައްޒަފުންނަށް އެއްބާރުލުންދީ އެހީތެރިވެދިނުން.
  13. އިޖުތިމާޢީ މަރުކަޒުގައި ހުންނަ ކުދިމަރާމާތުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ސްޕަވައިޒަރގެ އެހީތެރިކަމާއިއެކު ކުދި މަރާމާތުތައް ކުރުން.
  14. މަސައްކަތް ކުރުމަށް ގެންގުޅޭ ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  15. މީގެ އިތުރުން މަޤާމުގެ މަސައްކަތްތަކާއި ގުޅޭގޮތުން އިޖުތިމާޢީ މަރުކަޒު ނުވަތަ ހޯނޑެއްދޫ ކައުންސިލް އިދާރާއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް

ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް އިޢުލާނާއެކު ގެޒެޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އައިޑީ ކާޑު ނެތްނަމަ އުފަންދުވަހުގެ ސެޓްފިކެޓު،  ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ސާފު ކޮޕީ. (އަދާކުރި ވަޒީފާގެ މަސައްކަތްތައް އެނގޭގޮތަށް އަދި ތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޢަދަދު އެނގޭލިޔުންތައް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ.

  1. ތަޢުލީމް (އޯލެވެލް އިން ފެށިގެން މަތީ ފާސްތައް)
  • ނޯޓް: ވަޒީފާގެ ޝަރުޠު ހަމަކުރުމަށް ބޭނުންކުރެވޭ ލިޔުން / ސެޓްފިކެޓްތަކަށް މާކްސް ނުލިބޭނެއެވެ.
  1. މަސައްކަތުގެ ތަޖުރިބާ %30 (މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)
  2. ލިބިފައިވާ ހުނަރު (ޤާބިލްކަން ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %60

ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %30 ލިބިގެންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 20 ވަނަދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލަށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވުމަށްފަހު އެޕްލިކޭޝަން ލިބުނުކަން ޔަޤީންކުރެއްވުން އެދެމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2021 ޖޫން 20 ވަނަ ދުވަހާއި 2021 ޖޫން 28 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ މުއްދަތުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް، އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

08 ޖޫން 2021
ހޯދާ