މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

           މިކައުންސިލްގެ ތިރީގައި މިދަންނަވާ ޕާޓްޓައިމް ވަޒީފާތަކަށް މީހުން ނެގުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:     17

މުއްދަތު:          2  އަހަރު   

މުސާރަ:          މަހަކު -/2000 ރުފިޔާ ( މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ ޢިނާޔަތްތައް ލިބޭނޭ އެވެ.  

ފެންވަރު ނުވަތަ ޝަރުޠު: (ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުން

               (ށ) ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 2 ގަޑި 30 މިނިޓް މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-  ރަށުގެ އިޖްތިމާޢީ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި ސަރަޙައްދުތައް ހިންމަފުށީ ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ ދަށުން ކުނިކަހާ ވިނަނޮޅާ ނެގޭކުނިތައް ބޭގްނުވަތަ ޑަސްބިނަށްއެޅުން.

2-  ރަސްމީ ކޮންމެދުވަހަކު ކުނިކަހަންޖެހޭ ސަރަޙައްދުތައް ކުނިކެހުން. (އިލޮށިފަތިން ކަހަންޖެހޭ ކެހުމެއްނަމަ އިލޮށިފަތި  ގެނައުމަކީ ވަޒީފާ ލިބުނުފަރާތުގެ ކަމެކެވެ.)

3-  ގަބުރުސްތާނުގެ ބޭރު ވިނަނޮޅުމާއި ކުނިކަހާސާފުކޮށް ބެލެހެއްޓުން.

4-  ކައުންސިލުން އަންގާ މުނިސިޕަލް މަސައްކަތް ތައްކުރުމާއި މުހިންމު މުނާސަބަތަކަށް ރަށުގެ ވަކިސަރަޙައްދެއް ކުނިކަހަންޖެހިއްޖެނަމަ ކުނިކެހުމާއި އެކަމެއްކައުންސިލުން އަންގާގޮތެއްގެމަތިންކުރުން.

5-  ފެން އިސްކުރުބަރިއަށް ފެން ބަލާ އަންނަ ފަރާތްތަކަށް ކިއު ނަންބަރުދޫކޮށް ތަރުތީބުން އެފަރާތްތަކަށް ފެންދޫކުރުން.

6-  ފެން ދޫކުރަމުންދާ ގަޑީގައި ދިމާވަމުންދާ އެންމެހާ ކަންތައްތައް ކައުންސިލާއި ގުޅިގެން ޙައްލުކުރުން. 

7-  ފެން އިސްކުރު ސަރަޙައްދު ހަފްތާއަކު 2 ފަހަރު ކުނިކަހާ ސާފުކުރުމާއި، ފެން އިސްކުރު މުށިތަކާއެކު އުނގުޅާ ދޮވުން.

8-  މީގެއިތުރުންވެސް ކައުންސިލުން އަންގާގޮތެއްގެމަތިން މުނިސިޕަލް ސަރވިސް އާއި ގުޅޭ ކަންތައްތައްކުރުން.

           ވީމާ، މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯ ކޮޕީއާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

09 ޖޫން 2021
ހޯދާ