ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 4

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

9 ޖޫން 2021

ބައްދަލުވުން ބޭއްވި ގަޑި:

11:05

 

ނިންމުންތައް

  1. ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ ހުށަހެޅިފައިވާގޮތައް ފާސްކުރެވުނު.
  2. ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ނާއިބު ރައީސްގެ ގޮތުގައި ތ. ވަންދޫ ނޫކޮކާގެ، ޙުސައިން ޢަފީފު އިންތިޙާބުކުރެވުނު.
  3. ވަންދޫ އައިލަންޑް ސޮސައިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ޤުރުއާން ކުލާސްތައް ކުރިޔައްގެންދިއުމަށް އިދާރާގެ ބަޖެޓުން -/1500 (ފަނަސަތޭކަ) ރުފިޔާ ހަދިޔާކުރުމަށް ނިންމުނު.
  4. ކައުންސިލްގެ ބޭންކު އެކައުންޓުތައް އޮޕަރޭޓްކުރުމާއިގުޅޭ ޤަރާރު ފާސްކުރެވުނު.
  5. 2021 ވަނަ އަހަރު ވަންދޫގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭގޮތުން ނިންމާފައިވާ ނިންމުން ބާތިލުކޮށް 2021 ވަނަ އަހަރު އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ބަޖެޓެއްގެ ގޮތުގައި ކޮންމެ މީލާދީ މަހަކަށް -/14000 (ސާދަހާސް) ރުފިޔާ ކަމުގައި ކަނޑައަޅައި މިމަސައްކަތް ކޮށްދޭނޭ ފަރާތްތައް ހޯދުމަށް އަލުން އިޢުލާނުކުރުމަށް ނިންމުނު.

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

09 ޖޫން 2021
ހޯދާ