ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަރުގެވަޅު ދޫކުރުމަށް އެކުލަވާލާފައިވާ ވަގުތީ އޮޑިހަރުގެވަޅުގެ ދަފްތަރު ބާޠިލްކުރުމާއި ގުޅޭ

      ހއ،އިހަވަންދޫއިން ދޫކުރާ ވަގުތީ އޮޑިހަރުގެވަޅު ދޫކުރުމުގެ އުޞޫލު ކައުންސިލުން އަލުން މުރާޖާ ކުރުމަށް ނިންމާފައިވާތީ، އެއުޞޫލު އަލުން މުރާޖާ ކުރުމަށްފަހު ހަރުގެވަޅު ދޫކުރާނެ ގޮތުގެ އުޞޫލު ޢާންމުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

      ވީމާ، ހއ.އިހަވަންދޫއިން ދޫކުރާ ވަގުތީ އޮޑިހަރުގެވަޅު ތަކުގެ ދަފްތަރު އެކުލަވާލައި ތަރުތީބު ކުރުމަށްފަހު މިއިދާރާގެ ނަންބަރު (IUL)248-ED/248/2021/42 ( 12 މޭ 2021 ) ގެ އިޢުލާނުން ޢާންމުކޮށްފައިވާ ވަގުތީ އޮޑި ހަރުގެވަޅުގެ ދަފްތަރު 03 ޖޫން 2021 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 03 ވަނަ ޢާންމު ޖަލްސާއިން ވަނީ ބާޠިލްކޮށްފައެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޖޫން 2021
ހޯދާ