މަޤާމު:
|
މާރކެޓިންގ މެނޭޖަރ
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
މާކެޓިންގ
|
ގްރޭޑް:
|
06
|
ސްޕައިން ޕޮއިންޓް:
|
35
|
މުސާރަ:
|
މަހަކު 10,582.19ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 4,535.22ރުފިޔާ
|
ޢިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓަކަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މާރކެޓިން ސްޓްރެޓަޖީ އާއި ޕްލޭން އެކުލަވާލުން:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންކަން ހާޞިލް ކުރުމަށް މާރކެޓިންގ ޑިޕާރޓްމަންޓް އިން ކުރަންޖެހޭ އެންމެހާ ކަންކަން ކޯޑިނޭޓް ކުރުން.
- މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް އެކުލަވައިލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަންފީޒުކުރުން.
- މާކެޓިންގ މަސައްކަތްތައް ރާވާ ޑެލިގޭޓް ކުރަންޖެހޭ ކަންކަން ޑެލިގޭޓްކޮށް ތަންފީޒުވާވަރު ބެލެހެއްޓުމާއި، ދިމާވާ ކަންކަމާއި ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަދަ ހުނަރުވެރި ޤާބިލު ޓީމެއް އުފެއްދުމަށް މަސައްކަތް ކުރުން.
- ފެކަލްޓީ / ސެންޓަރ / ސުކޫލް / ކެމްޕަސް ތަކާއިއެކު މާރކެޓިނގް ގެ ޚަރަކާތްތައް ރާވާ، ތަންފީޒުކޮށް، ނަތީޖާ އެނަލައިޒް ކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުން.
- ދަރިވަރުން އިތުރުކުރުމަށް އަހަރީ ޓާރގެޓް ކަނޑައަޅާ އެހާޞިލް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- މާރކެޓިނގް ގެ ޙަރަކާތްތަކުގެ ތެރެއިން ސެންޓްރަލައިޒްޑް އަދި ޑީސެންޓްރަލައިޒްޑްކޮށް ކުރެވޭނޭ ކަންކަން ކަނޑައަޅާ އެންމެންގެ ބައިވެރިވުން މިކަންކަމުގައި ހޯދުން.
- މާރކެޓް ކުރުމުގައި ޒަމާނީ ގޮތްތައް ހޯދާ އެގޮތްތަކަށް ޔުނިވަރސިޓިގެ މާރކެޓިންގ ޙަރަކާތްތައް އަމާޒުކުރުން.
- ޔުނިވަރސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
- ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި، ތަންތަނާއި، މީހުންގެ ފޮޓޯއާއި، ކުރެހުމާއި، ލިޔުމުގެ ލައިބްރަރީއެއް އެކުލަވައިލައި ކެޓެލޮގްކޮށް ބެލެހެއްޓުން.
- ވެބްސައިޓް މެނޭޖްކުރުން:
- ޔުނިވަރސިޓީގެ ވެބްސައިޓަކީ ޔުނިވަރސިޓީގެ ހައިބަތާއި، ކަރާމަތް ދައްކައިދޭ ވެބްސައިޓަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި ވިލަރެސް ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް، މޮނިޓަރ ކޮށް ނަތީޖާ ނެރުން.
- ޔުނިވަރސިޓީގެ ވެބްސައިޓަކީ 2 ބަހުން ހުށަހަޅާ ވެބްސައިޓަކަށް ހެދުމާއި، ޔުނިވަރސިޓީގެ ބްރޭންޑިންގ ގެ އުޞޫލްތަކަށް ފެތޭ ވެބްސައިޓަކަށް ހެދުން.
- ޔުނިވަރސިޓީގެ ވެބްސައިޓަކީ އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ސައިޓަކަށް ހެދުމާއި ޔުނިވަރސިޓީގެ ކޮމިޔުނިޓީއާއި ޒަމާނާއި ގުޅޭ ވެބްސައިޓަކަށް ހެދުމަށް މަސައްކަތް ކުރުން.
- މީޑިއާއާއި ޕަބްލިކް ރިލޭޝަންސް
- ޔުނިވަރސިޓީއާމެދު މީހުން ހޭލުންތެރިކުރުމާއި، ޔުނިވަރސިޓީއާމެދު މީހުންގެ ރުހުމާއި މަޤްބޫލުކަން އިތުރުކޮށް، ރާއްޖޭގެ އެންމެ ފުރިހަމަ ތަޢުލީމީ ތަނުގެގޮތުގައި އާންމުންދެކޭނެގޮތަށް ބަދަލުކުރުމަށްމަސައްކަތް ކުރުން.
- ކަނޑައެޅޭ ވަކި އުޞޫލަކުން ޔުނިވަރސިޓީއާއި ބެހޭ ޕްރޮމޯޝަނަލް މަޢުލޫމާތު ފެތުރުމަށް ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ޤަވާއިދުން މަސައްކަތް ކުރުން.
- ތަފާތު ބާވަތްތަކުގެ މީޑިއާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއެކު ޔުނިވަރސިޓީ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުން.
- ޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ޔުނިވަރސިޓީގެ ވެރިންނާއިއެކު މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުން.
- މާކެޓިންގއާއި ކޮމިޔުނިކޭޝަންސް
- ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިން ތައްޔާރުކޮށް އެއަށް ޢަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިނާއި އެކުގައި ފެކަލްޓީ ސެންޓަރުތަކަށް އެކަށީގެންވާ ބްރޭންޑް އައިޑެންޓިޓީއެއް ހަދައި، އައިޑެންޓިޓީ އިތުރަށް ތަރައްޤީކުރަމުން ދިއުން.
- ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ފެކަލްޓީ އަދި ސެންޓަރުތަކުގައި މާކެޓްކުރުމުގެ ހުނަރުވެރިކަން އިތުރުކުރުމާއި، އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުން.
- ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް، ޑެލިގޭޓް ކުރަންޖެހޭކަންކަން ޑެލިގޭޓް ކުރުން އަދި މޮނިޓަރ ކުރުން.
- ޔުނިވަރސިޓީގެ މާރކެޓިންގ ޕޯރޓްފޯލިއޯ ތަރައްޤީކުރުމުގައްޔާއި މާކެޓިންގެ ޕްލޭނުތައް ހެދުމުގައި ފެކަލްޓީތަކާއި ސެންޓަރުތަކުގެ އިސްވެރިންގެ ލަފައާއި އިރުޝާދު ހޯދުން.
- ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރާ އިސްފަރާތުގެގޮތުގައި ހަރަކާތްތެރިވުން.
- ޝާއިޢުކުރުން ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ނިއުސްލެޓަރތަކާއި ސްޕެޝަލް އިވެންޓް ލިޔުންތައް އުފެއްދުން ރާވާ އިންތިޒާމް ކޮށް އެކަން މެނޭޖްކޮށް، ތަކެތި އުފައްދާ އެތަކެތި ބެހުން.
- ޔުނިވަރސިޓީގެ އުފެއްދުންތައް ޕްރޮމޯޓްކޮށް، މާރކެޓްކޮށް އެއިންލިބިދޭ އާނމުދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން.
- ޚާއްޞަ އިވެންޓްތައް
- ޔުނިވަރސިޓީ މާރކެޓްކުރުމުގެ ކަންކަން އިސްނަގާ ރާވާ ކުރުމާއި އެހެނިހެން މުވައްޞަސާތަކުން ރާވާކަންކަމުގައި ބައިވެރިވެ އެކަށޭނަ ފުރުޞަތުހޯދުމަށް މަސައްކަތް ކުރުން.
- ޔުނިވަރސިޓީ މާރކެޓްކުރުމުގެ ގޮތުން ތަފާތު އެކި ބާވަތުގެ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މައުރަޒު، ވެބިނަރ، ލައިވް އިވެންޓްސް، ރޯޑް ސޯސް، ފަދަ ތަފާތު ޙަރަކާތްތައް ރޭވުމާއި އިންތިޒާމް ކުރުމާއި، އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ޔުނިވަރސިޓީގެ ދަރިވަރުންގެ ޔުނިއަން އަދި އެލަމްނައި އެސޯސިއޭޝަންގެ ބޭނުން ހިފާ އެފަރާތްތަކުގެ އެހީތެރިކަމާއި އެކު ކޯސްތަކާއި މުޅި ޔުނިވަރސިޓީ ޕްރޮމޯޓް ކުރުމަށް ރަވާ އިވެންޓް ތަކުގައި އެފަރާތްތަކުގެ ބައިވެރިވުން ހޯދުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2021 ޖޫން 15 ވާ އަންގާރ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
http://bit.do/MNUJob-CA-2021-78
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.
|