އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑްގެ ޙާލަތުން އަރައިގަތުމާއި ގުޅޭ

ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ގިނަވުމުގެ ސަބަބުން 07 ދުވަހަށް ރަށްވެހިން ޢާންމުކޮށް ނިކުމެ އުޅުން މަނާކުރެވުނު މުއްދަތު މިއަދުން ފެށިގެން ނިމުމަކަށް ގެނެވުނު ވާހަކަ ދަންނަވަމެވެ. އެހެން ނަމަވެސް ، މިބަލި އެކުފަސޭހަވެ ، ބަލިން އަރައި ގަނެވެންދެން ، އެޗް . ޕީ . އޭ ގެ މިންގަނޑު ތަކާއެއްގޮތަށް އަމަލްތައް ބެހެއްޓެވުމަށް އިލްތިމާސްކުރަމެވެ.

ކޭސްތަށް މަދުވެ، ރެންޑަމް ސާންޕަލްތައް ނެގެޓިވް ވެފައިވުމާއެކު ރަށް މޮނިޓަރިންއިން ނެގުމުގެ މަސައްކަތް ކުރެވެމުންދާ ވާހަކަ ދަންނަވަމެވެ. އަދި މޮނިޓަރިންއިން ނެގުނުހާ އަވަހަކަށް ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ، އިހެކޭވެސް އެއްގޮތަށް ލިބިގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

ކޮވިޑްގެ މިޙައްސާސް ދަނޑިވަޅުގައި ، ރައްޔިތުންގެ ރައްކާތެރިކަމަށް މިޢިދާރާއާއި އއ . ބޮޑުފޮޅުދޫ ހެލްތު ސެންޓަރ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ، ރައްޔިތުންގެ ފަރާތުން ލިބިގެންދާ ފުރިހަމަ އެއްބާރުލެއްވުމަކީ ، މިބަލިން މުޖުތަމަޢު ރައްކާތެރިކުރުމަށް ލިބިގެންދާ އެންމެ ބޮޑު ހިތްވަރެވެ. މިފުރުޞަތުގައި މިކަމަށްޓަކައި ބޮޑުފޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރަމެވެ.

ރަށުގައި މަދުންނަމަވެސް ހުރި ޕޮޒިޓިވް ކޭސްތަކުން އަރައިގަނެ ، ޢާންމުހާލަތަށް މާޙައުލު ގެނެވެން އަންނަނީ އިތުރު ކަންކަމަށް ތިޔަ ފަރާތްތަކުގެ އެއްބާރުލެއްވުމާއި ސަމާލުކަން އިތުރުކޮށްދެއްވައި ، ވެދެއްވާ އެހީތެރި ކަމާއެކުއެވެ. އެގޮތުން ތިރީގައިވާ ކަންކަމަށް އިތުރަށް ސަމާލުކަން ދެއްވައި ، އެކަންކަން ކުރުމުން އެއްކިބައިވެ ދެއްވުން އެދި ދަންނަވަމެވެ.

  1. ޕޮޒިޓިވްވެ ރަނގަޅު ވެފައި ވީނަމަވެސް ، ޕޮޒިޓިވް ކޭސްތައް އުޅޭ ، އަމިއްލަ ގެނޫން ، ތަންތަނަށް ވަދެ ނޫޅުން.
  2. ޕޮޒިޓިވް ކޭސްތައް ހުރި ގޭގެތަކަށް ، ހުއްދަދެވިފައިވާ ފަރާތްތަކުން ނޫނީ ޒިޔާރަތް ނުކުރުން.
  3. ޕޮޒިޓިވްވެފައިވާ ފަރާތްތަކުން ، އިންފާރު ކައިރަށް އައުމާއި ، އިންފާރުމަތީއިށީންނުމާޢި ، ދޮރާށި ދޮށަށް ނިކުތުން ފަދަކަންކަން ނުކުރުން.

ވީމާ  ، ދެންނެވިފައިވާ ކަންކަމަށް ސަލާލުކަން ދެއްވައި ، މިހާލަތުން އަރައިގަތުމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން ، ޕޮޒިޓިވެފއިވާ ފަރާތަކަށް ޒިޔާރަތްކޮށް ، ޒިޔާރަތްކުރި ފަރާތުގެ އިހުމާލަކުން އެފަދަ ފަރާތެއް ޕޮޒިޓިވްވެ ، ރަށްވެހިން ނުރައްކަލަށް ވެއްޓިއްޖެނަމަ ، އެމައްސަލަ ބަލައި ، އެފަރާތުގެ އިޙުމާލު އޮތްކަމަށް ސާބިތުވެއްޖެނަމަ ، އެޗް . ޕީ . އޭ ގެ މިންގަޑު ތަކާއެއްގޮތް ވާގޮތުގެ މަތިން އެފަދަ ފަރާތްތައް 10000.00 ރ ( ދިހަ ހާސްރުފިޔާ ) އިން ޖޫރިމަނާ ކުރާނެ ވާހަކަ އަންގާ އިއުލާނު ކުރަމެވެ.

                     07 ޖޫން 2021

07 ޖޫން 2021
ހޯދާ