މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުއްވުމުގެ ދައުވަތު (ކޮންސަލްޓެންޓް)-ބިޒްނަސް ޑިވަލޮޕްމަންޓް ދާއިރާއަށް ޓެކްނިކަލް އެސިސްޓަންސް ފޯރުކޮށްދިނުން

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން                         

 މާލެ، ދިވެހިރާއްޖެ

 އިއުލާން ނަމްބަރު: IUL)475/475/2021/142)

 

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުއްވުމުގެ ދައުވަތު (ކޮންސަލްޓެންޓް)

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ކުރިޔަށްގެންދާ ' މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަށް ބޭނުންވާ ބިޒްނަސް ޑިވަލޮޕްމަންޓް ދާއިރާއަށް ޓެކްނިކަލް އެސިސްޓަންސް ފޯރުކޮށްދޭނޭ ކޮންސަލްޓަންޓެއް ހޯދަން ބޭނުން ވެއްޖެއެވެ.

  

އެޕްލިކޭޝަން ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން  21 ޖޫން 2021 ވާ ހޯމަ ދުވަހު ގެ މެންދުރު 13:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ގުޅުންހުރި ލިޔެކިޔުންތަށް އަދި ވަނަވަރު، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:         

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  • ސީ.ވީ
  • އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ

 

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް  [email protected]އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.  

 

ކޮންސަލްޓަންޓަކު ހޮވުން

ކޮންސްލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ. މި މަޤާމަށް ހޮވޭ ފަރާތުން ހުށައަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ކޮޕީ ހުށައަޅަންވާނެއެވެ.

   

ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުން އެދެމެވެ.

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

 މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ގުޅޭނެ ނަންބަރ: 3026975/3026982

ފެން ބިލްޑިން، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]  

 

07 ޖޫން 2021
ހޯދާ