ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދަރު ލަކުޑި ނީލަން ކިޔުން

އިޢުލާން

 

ދަރު ލަކުޑި ނީލަންކިޔުމާއި ގުޅޭ

   

 

    މިސްކޫލްގެ ގޯއްޗަށް އަލަށް އިތުރުކުރެވުނު ބައިގައި ހުރި ގަސްތައް ނެގުމާއި ގުޅިގެން އުފެދިފައިވާ ލަކުޑިއާއި ދަރުތައް ނީލަން ކިޔުން، 2021 ޖޫން 15 ވާ އަންގާރަ ދުވަހުގެ ހަވީރު 16:30 ގައި މިސްކޫލުގައި އޮންނާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 ޖޫން 15 ވާ އަންގާރަ ދުވަހުގެ ހަވީރު 16:30 ށް ސްކޫލަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 2021 ޖޫން 17 ވާ ބުރަސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެކުރިން ފައިސާ ދައްކަވާ، 2021 ޖޫން 20 ވާ އާދިއްތަ ދުވަހުގެ ކުރިން ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި އޮންނަ އުޞޫލުގެ ތެރެއިން ނައްތާލެވޭނެއެވެ.

ނީލަމުގައި ބައިވެރިވާން ވަޑައިގަންނަވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅުއްވައިގެން ވަޑައިގެންނެވުން އެދެމެވެ.

 

   މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

07 ޖޫން 2021
ހޯދާ