މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޑޫޑަންޓް ލޯނު ސްކީމްގެ ފައިނަލް ނަތީޖާ ފަސްކުރުމާބެހޭ

އިޢުލާން    

 

މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނު ސްކީމަށް ފެބުރުއަރީ 2021 ގައި ހުޅުވާލެވުނު ފުރުޞަތަށް ކުރިމަތިލީ ފަރާތްތަކުގެ ދާއިމީ ނަތީޖާ 10 ޖޫން 2021 ގައި އިޢުލާން ކުރުމަށް ކުރިން ހަމަޖައްސާފައި ވީނަމަވެސް، ކޯވިޑު-19ގެ ހާލަތު އިތުރަށް ގޯސްވެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީއާއި މި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުންނަށްވެސް މި ބަލި ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން، މި މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވެއެވެ. އެހެންކަމުން މި ލޯން ސްކީމުގެ ދާއިމީ ނަތިޖާ އިޢުލާން ކުރުމަށް ކުރިން ހަމަޖައްސާފައިވާ ތާރީޚު 20 ޖޫން 2021ގެ ނިޔަލަށް ފަސްކޮށްފައިވާކަން އިޢުލާން ކުރަމެވެ. އަދި މި ލޯން ސްކީމުން ފުރުސަތު ލިބޭ ދަރިވަރުންގެ ތެރެއިން މިހާރު ކިއަވަމުންދާ ދަރިވަރުންނަށް މިހިގާ ސެމިސްޓަރގައި ލިބެންޖެހޭ ފައިސާ، އެ ދަރިވަރުން އަމިއްލަ ގޮތުން ޚަރަދުކޮށްފައިވީ ނަމަވެސް، މި މިނިސްޓްރިއިން އެ ފައިސާ "ރި-އިންބާސް" ކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

26 ޝައްވާލް 1442

07 ޖޫން    2021

                                                      

07 ޖޫން 2021
ހޯދާ