ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އީގަވަރމަންޓްގެ ހިދުމަތް ފެށުމަށް ނެޓްވޯކް ކޭބަލް އެޅުން

އިޢުލާން

 

މިމަރުކަޒުގައި އީގަވަރމަންޓްގެ ހިދުމަތް ފެށުމަށް ނެޓްވޯކް ކޭބަލް އަޅާދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 15 ޖޫން 2021 ވާ އަންގާރަ ދުވަހުން ފެށިގެން 16 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މި މަރުކަޒުގެ އައު އޮފީސް އިމާރާތުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ގެޒެޓް ކުރެވިފައިވާނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު  14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06 ޖޫން 2021
ހޯދާ