ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރުން

އިޢުލާނު

އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރުން

މި އޮފީހުގެ ނަންބަރު 1/2021/52/ޕީ.ޕީ.އޯ-1(އައި.ޔޫ.އެލް) (25 މޭ 2021) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

އޮޑިޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު، 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކުރައްވައި، އެކަން އިޢުލާނުކުރަމެވެ.

ވީމާ، އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވަނީ، 2021 ޖޫން 15 އަދި 16 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

06 ޖޫން 2021
ހޯދާ