ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާނު

 

މަޤާމު:

ވޭޖް އިމާމް / މުދިމް

ބޭނުންވާ އަދަދު:

03

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމަންޓް

 

މަޤާމުގެ ރޭންކު:

އިމާމް – (ސަނަދު އޮންނަ) GS3

މުދިމް - (ސަނަދުނެތް) GS1

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1 (GS3) / އެސިސްޓެންޓް އޮފިސަރ ގުރޭޑް 1 (GS1)

މަޤާމުގެ ޝަރުތު:

އިމާމުވެ ނަމާދު ކުރަން އެނގޭ އަދި އިމާމްވެ ނަމާދު ކުރެވޭ ވަރަށް ތަޖުވީދުގެމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭ މީހަކަށް ވުން .

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ގުރައިދޫ 02 މިސްކިތް (ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި)

މަސައްކަތުގެ އުޖޫރަ:

  • އިމާމް (ސަނަދު އޮންނަ) GS3 - މަސައްކަތާއި ގުޅޭދާއިރާއަކުން ސަނަދެއް/ ސެޓްފިކެޓެއް އޮތް ބޭފުޅެއްނަމަ ކުރާކޮންމެ ނަމާދަކަށް 61.00ރ  (ފަސްދޮޅަސް އެއްރުފިޔާ)
  • މުދިމް (ސަނަދުނެތް) GS1 - މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެއްވެސް ސަނަދެއް/ ނުވަތަ ސެޓްފިކެޓެއް ނެތްނަމަ ، ކުރާކޮންމެނަމާދަކަށް 53.00ރ (ފަންސާސް ތިންރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-   ކައުންސިލުން ހަވާލްކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު އިމާމްވެ ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ  ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން .

2-   މިސްކިތުގެ ސާފްތާހިރު ކަމާއި ، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން .

3-   މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއްލިބިފައިވޭތޯ ބެލުމާއި ، މަރާމާތެއް ކުރަންޖެހިފައި ވާތަނެއް ހުރިތޯބެލުމާއި ، ހުރިނަމަ ކަމާއިބެހޭ އިދާރާއަކަށް އެކަންއަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި ، އިދާރާއިން އަންގަވާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން .

4-  މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާހައުލެއްޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން .

5-  މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައިހުރިތޯބެލުމާއި ، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން

6-   މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ، އިސްލާމްދީނާއި  ، ޤާނޫނާއި ހިލާފު އެއްވެސް ހަރަކާތެއް ހިންގާނަމަ ނުވަތަ ހިންގަން އުޅޭކަން އެގިއްޖެނަމަ ވަގުތުން ކައުންސިލަށް އެކަން އެންގުން .

7-   މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި ، އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން .

8-   ކައުންސިލުން އަންގަވައިފި ހިނދެއްގައި އިމާމްވެ ކޭތަނަމާދާއި ، އީދުނަމާދާއި ، ހުކުރު ނަމާދާއި ، ކަށުނަމާދު ކުރުން.

9-    ކައުންސިލުން އަންގަވައިފި ހިނދެއްގައި މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ އެންމެހާކަންތައްތައް ކުރުމާއި އެހީތެރިވުން .

10-   މިސްކިތާއިބެހޭބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން .

11-   އުސޫލްތަކާއި އެއްގޮތަށް މިސްކިތް ސާފްކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ދާކަން ކަށަވަރުކުރުން . ނުދާނަމަ ކައުންސިލަށް އެންގުން .

12-   މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން .

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވޭޖް ޕޫލްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުން

2 . ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3 . ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފިހުގެ ލިޔުން ހުށަހެޅުން

5. އިމާމް / މުދިމް ކަމާއި ގުޅޭ ގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

6. އިޢުލާން ކުރެވިފައިވާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާއި ތަމްރީން
  2. މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާގެލިޔުން
  3. މަސައްކަތުގެ ހުނަރާއި ޤާބިލުކަން
  4. ތަޖުވީދުގެމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2021 ގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ޖޫން 2021 ން 17 ޖޫން 2021 އާ ދެމެދު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ގެޒްޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780715 7702926 އަށެވެ.

06 ޖޫން 2021
ހޯދާ