މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓެބްލެޓް ގަތުމަށް ބޭނުންވެއްޖެ

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމަންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

                                 ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL)22-E/22/2021/120

 ތާރީޚް: 

03 ޖޫން 2021

ބިޑް ހުށަހެޅުމުގެ ދަޢުވަތު

 

ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-229865-GO-RFB

ޓެބްލެޓް ގަތުމަށް ބޭނުންވެއްޖެ:

ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް: ލާރނިންގ އެޑްވާންސްމަންޓް އެންޑް މެސަރމަންޓް ޕްރޮޖެކްޓް" ގެ ފަރާތުން ސްކޫލް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މައުލޫމާތު ސާފުކުރުން:

މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ކޮންމެ ދުވަހެއްގެ 0830-1330 އާއިދެމެދު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ބިޑް އުސޫލު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް https://www.moe.gov.mv  އިން ޑައުންލޯޑްކުރެވެނެއެވެ. ބިޑް އުސޫލު [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް ތިރީގައި ބަޔާންކުރާ އެޑްރެހަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީ އާއެކު ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

 

އަންދާސީ ހިސާބު އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން،

ލޭމްޕް ޕީ.އެމް.ޓީ

ޢާއިޝަތު ނީނާ، ޕްރޮޖެކްޓް ކޯޑިނޭޓަރ
ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                                    

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

03 ޖޫން 2021
ހޯދާ