މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނައަހަރަށް ވޭޖް އުސޫލުން މަސައްކަތު މުވައްޒަފުން ނެގުމާއި ގުޅޭ (.)

 

 

 

                                      ނަމްބަރ (IUL)337/337/2021/28:

 

އިޢުލާން

 

 

2021 ވަނައަހަރަށް ވޭޖް އުސޫލުން މަސައްކަތު މުވައްޒަފުން ނެގުމާއި ގުޅޭ (.)

ކ.މާފުށި މިސްކިތް ތަކުގެ މަސައްކަތު މުވައްޒަފުން ޗުއްޓީ ނެގުމުން ނުވަތަ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން އެކުލަވާލެވޭ ޕޫލްގައި މަސައްކަތް ކުރާނޭފަރާތައް ހޯދަންބޭނުންވެއްޖެއެވެ . ވީމާ މިކަމަށް ޝައުޤުވެރިވާފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ

މަޤާމު:

މަސައްކަތު  (ވޭޖް)

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

01 އަހަރު

މަޤާމްގެ ރޭންކް:

އެސް.އެސް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ/މަސްދިލް ފާރޫޤް،ކުރީގެ ހުކުރު މިސްކިތް،ކަތީބު ޙުސައިން މަނިކު)

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 45.00 ރުފިޔާގެ ރޭޓުން ( މަހަކު 150 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. ކޮންމެ ދުވަހަކު މިސްކިތުގެ ކުޑަދޮރުތަކާއ ބޮޑުދޮރުތައް އަދި ފެންލައިޓްތައް ފޮހެ ސާފުކުރުމާއި ކޮންމެ ދުވަހަކު މިސްކިތުގެ ތެރެއާއި ފެންޑާ ހަޑިވިޔަ ނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕްއެޅުން، އަދި މިސްކިތުގެ ބަޅު ހަޑިވުމުން ވަޅުދިޔަހިއްކާ ސާފުކުރުން.
  3. ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚަނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން، އަދި ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން.
  4. މިސްކިތުގެ ގޯތިތެރެއާއި މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން، އަދި މިސްކިތުގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި ކައުންސިލުން ހަމަޖައްސާފައި އިންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކާލުން.
  5. މިސްކިތުގެ ގޯތިތެރޭގައި ޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި ގާތަކުގައި ފެހިޖިޔަ ނުދީ ގާތަށް ދޮވެ ސާފުކުރުން.
  6. މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތަކާއި ފޮތް ހަރުގަނޑުތައް ފޮހެ ސާފުކުރުމާއި، މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  7. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރން މިސްކިތުގެ ދޮރުތައް ހުޅުވުމާއި،ލައިޓްތައް ދިއްލުމާއި ފަންކާތައް ޖެހުން އަދި ނަމާދު ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި ދޮރުތައް ލެއްޕުން އަދި ފަރުޟު ފަސް ނަމާދުގެ އިތުރަށް މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް މިސްކިތް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  8. މމިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޙާއްސަ ކުރެވިފައިވާ ބައިގައި ގަސްއިންދާ ފެންދީ ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަލާ އެކިބާވަތްތަކުގެ ގަސްތައް ރީތިކޮށް ކޮށުމާއި ވިނަތަށް ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  9. މިސްކިތުގައި ދީނީ ދަރުންސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބެނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެއް މިނސްކިތުގައި މަޑުކުރުން.
  10. ޙަވާލުކުރެވިފައިވާ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  11. ޙަވާލުކުރެވިފައިވާ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  12. ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  13. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  14. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަ އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާ އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  4. ސިވިލް ސަރވިސްއަށް /  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު (%35)
  2. ލިބިފައިވާ މަސައްކަތު ތަޖްރިބާ (%20)
  3. ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެޒެންޓޭޝަން) (%45) 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (08 ޖޫން 2021) ގެ (14:00) ގެ ކުރިން، (މާފުށީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
  • އިދާރާގެ އީ-މެއިލްއަށް ފޯމު ލިބުމުން އެކަން ފޯމު ހުށައެޅުއްވި ފަރާތަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (10 ޖޫން 2021) ން (15 ޖޫން 2021) އާއި ދެމެދު (މާފުށީ ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ(6640073) އަށެވެ. އީ-މެއިލް ކުރާނީ ([email protected]  (އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

31 މެއި 2021

 

 

 

31 މޭ 2021
ހޯދާ