ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) އިޞްލާޙުކޮށް އާންމުކުރުން

ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާތަކަށް އެދޭ ފޯމާއި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ވަކި ދެ ފޯމެއްގެ ގޮތުގައި އޮތުމުން، ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް އޮޅުންއަރާ ގޮތްވަމުންދާތީ، އެ މައްސަލަ ޙައްލުކޮށް ސިވިލް ސަރވިސްގެ ހުރިހާ މަޤާމުތަކަށް ކުރިމަތިލާއިރު ބޭނުންކުރުމަށް އެއް ފޯމެއް ގެންގުޅުމަށް ކޮމިޝަނުން ނިންމާފައިވާތީ، "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު)" ގައި ހިމަނާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އިޞްލާޙުކޮށް އެ އުޞޫލުގައި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަށް ދީފައިވާ ޙަވާލާދިނުންތައް އިޞްލާޙުކޮށްފައިވާ ކަމުގައި ދަންނަވަމެވެ. މި ބަދަލާގުޅިގެން "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު)" މި ސަރކިއުލަރއާ އެކު ޢާންމުކޮށް، 2021 ޖޫން 3 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާގޮތަށް ހަމަޖައްސާފައިވާ ކަމުގައި ދަންނަވަމެވެ.

ވުމާއެކު، ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުން މި ސަރކިއުލަރއާއެކު ޢާންމުކޮށްފައިވާ އުޞޫލަށް ފުރިހަމައަށް އަހުލުވެރިވެ، މި އުޞޫލުތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމަށާއި، މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. މީގެ ކުރިންވެސް ޢަމަލުކުރަމުންދާ ގޮތަށް އައްޔަންކުރުމުގެ އުޞޫލާއި، އެ އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ http://www.csc.gov.mv/recruitment-usoolu ލިންކުން ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ދަންނަވަމެވެ.

03 ޖޫން 2021
ހޯދާ