ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021 އާންމުކުރުން

ޤާނޫނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"ގެ ދަށުން އެކުލަވާލެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލް ކަމަށްވުމާއެކު އަދި ޤާނޫނު ނަންބަރު 5/2007 "ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ސިވިލް ސަރވިސް ކޮމިޝަނުން މީހަކު އައްޔަންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެ މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބޭނުންވާ ކްރައިޓީރިއާތައް ކަނޑައަޅައި "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2021" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.

ވުމާއެކު، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަސައްކަތް މި އުޞޫލުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމުގައި ދަންނަވަމެވެ.

 

03 ޖޫން 2021
ހޯދާ