ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 34/2021 އެންގުމުން 5 މޭ 2021 ވަނަ ދުވަހުން ފެށިގެން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުމަކަށް ކައުންސިލްގެ ހުއްދައާއެކު ކަމަށް ބަޔާންކޮށްފައިވެއެވެ.
މިއެންގުމާއެކު، ދަތުރު ކުރުމުގެ ހުއްދަ ދޫކުރުމަށް ކުރިން ކައުންސިލުން ކަނޑައަޅާފައިވާ ގަޑިތަކަށް މިހާރު މިވަނީ ބަދަލު ގެނެސްފައެވެ. މިހާރު ދަތުރު ހުއްދަ ދޫކުރާނީ ތިރީގައިމިވާ ގަޑިތަކުގައި ކައުންސިލް އިދާރާއިންނެވެ.
ރަސްމީ ދުވަސްތަކުގައި: |
ބަންދު ދުވަސްތަކުގައި: |
ހެނދުނު 8:15 ން މެންދުރުފަހު 14:00 އަށް ރޭގަނޑު 20:30 ން 22:00 އަށް |
ރޭގަނޑު 20:30 ން 22:00 އަށް
|
އެހެންކަމުން، މީހުން ދިރިއުޅޭ ރަށްރަށަށް ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ހުއްދަ ނަންގަވައިގެން ދަތުރު ފެށުމަށް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.
2 ޖޫން 2021