ތ. ވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ ކޭބަލް ވަޅުލުން

ތ. ވަންދޫ ޞިއްޙީ މަރުކަޒު

ދިވެހިރާއްޖެ

 

އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ، ކޭބަލް ވަޅުލުން.

 

       އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ، ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މިސިއްޙީމަރުކަޒުގެ  ނަންބަރ IUL)/N7-HC/2021/01) ( 31 މެއި 2021 ) އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

            މިމަރުކަޒުގައި އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ، ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖޫން 2021 ވަނަ ދުވަހު 11:00 އަށް މިމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއިގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން 06 ޖޫން 2021 ވަނަ ދުވަހު 11:00 ގައި ސިއްޙީމަރުކަޒުގައި ކުރިޔައްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

      

މިމަސައްކަތަށް ހުށައަޅާ އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިމަރުކަޒަށް ސިޓީއަކުން އަންގަވަންވާނެއެވެ.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ. 

02 ޖޫން 2021
ހޯދާ