ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 3

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

2 ޖޫން 2021

ބައްދަލުވުން ބޭއްވި ގަޑި:

10:15

 

ނިންމުންތައް

  1. ފުޓްސަލްދަނޑު ބިން ލެވެލްކުރުމުގައި ވިޑްސް ޖަމިއްޔާގެ މަޝްވަރާގެމަތިން ރައްޔިތުންގެ އެއްބާރުލުން ހޯދުމަށާއި އަދި ބިން ލެވެލްކުރުމުގެ މަސައްކަތް ފުޓްސަލްދަނޑުގެ މަސައްކަތް ފެށުމާއިގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންއިން ޖަވާބެއްލިބުމުން ކުރުމަށްނިންމުނު.
  2. 2021 ވަނަ އަހަރު ކައުންސިލުން ރަށުގެ މުއައްސަސާތަކާއި އެކުގައި ކޮންމެ މަހެއްގައި އެއިދާރާއަކުން އިންތިޒާމްކުރާ ގޮތެއްގެމަތިން ބައްދަލުވުމެއް ބޭއްވުމަށް ނިންމުނު.
  3. އަޟްހާ ޢީދު ފާހަގަކުރުމާއިގުޅޭގޮތުން ކައުންސިލް އިދާރާއިން ކަނޑައަޅާ ތާރީހެއްގައި ވިޑްސް ޖަމިއްޔާ، އަތމ ކޮމެޓީ އަދި ކޯވިޑް19 ޓާސްކު ފޯސްއާއިއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އަދި އަޟްޙާއީދަށް ކަނޑައެޅިފައިވާ ބަޖެޓް ކުރިޔައްއޮތް ކައުންސިލްގެ ބައްދަލުވުމުގައި ހިއްސާކުރުމަށް ނިންމުނު.
  4. ކައުންސިލް އިދާރާއިން ތައްޔާރުކޮށް ހުށަހަޅާފައިވާގޮތައް ކައުންސިލްގެ ދާއިރާތައް ވަކިވަކި ކައުންސިލަރުންނާއި ހަވާލުކުރުމަށްނިންމުނު.

 

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

02 ޖޫން 2021
ހޯދާ