މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

1500.00ރުފިޔާ

އުޖޫރައާއި އިނާޔަތް :

- ޙާޟިރީ އެލަވަންސް 1500.00ރުފިޔާ (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަ 50.00ރުފިޔާ ) އަދި މީގެ އިތުރުން 8 ގަޑިއަށްވުރެން އިތުރަށް މަސައްކަތް ކުރާނަމަ ހަމަޖެހިފައި އޮންނަ އުޞޫލުގެ މަތިން އިތުރުގަޑި ފައިސާ ދެވޭނެއެވެ.

އުމުރުފުރާ:

އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދު

މަސައްކަތު ވަގުތު:

ދުވާލަކު 8 ގަޑި އިރު

ހަފްތާއަކު 6 ދުވަސް

ޝަރުތުތައް:

1-   ދަށްވެގެން އަސާސީ ފެންވަރު.

2-   ފުރިހަމަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.

މަސްއޫލިއްޔަތު:

1-      ބަނދަރުގެ ސެކިއުރިޓީ ބެލެހެއްޓުން.

2-      ބަނދަރަށް ވަދެ ނިކުމެ އުޅޭ އުޅަނދުތަކުގެ ލޮގު ނެގުން. 

3-      ބަނދަރާއިގުޅިގެން ހެދިފައިވާ ޤަވާއިދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން.

4-      ބަނދަރުތެރެ ސާފުކުރުން. 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (01 އަހަރު ދުވަހުގެ މުއްދަތައް)

އެޕްލިކޭޝަން ހުށަހަޅަންވީ ތާރީޚް:

2021 ޖޫން 07 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގެ ކުރިން މަރޮށީ ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 02 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި، ތަން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ސިޓީ.

2-    ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފް ކޮޕީއެއް.

3- ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

އިތުރު މަޢުލޫމާތު:

1-   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540054 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެސް [email protected] އެވެ.

 

                  20 ޝައްވާލް 1442  

                  01  ޖޫން  2021  

01 ޖޫން 2021
ހޯދާ