މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

ބ.ފެހެންދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ހިންގުމަށް ލިބިފައިވާ ޢިމާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ބޭނުންވާތީ، އެމަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

                     ބ.ފެހެންދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެއެވެ.

        ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ޖޫން 2021  ވާ އަންގާރަ ދުވަހުގެ 10:30އަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ. ފެހެންދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 10:30އަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ. ފެހެންދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މި މަސައްކަތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

30 މޭ 2021
ހޯދާ