ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެމް.އެން.ޔޫ. ކުޅުދުއްފުށީ ކެމްޕަސް: އޭ އަދި ބީ ބްލޮކްގެ ފުރާޅު މަރާމާތުކުރުން

ޢިއުލާން

                                                                            

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހދ.ކުޅުދުއްފުށި ކެމްޕަހުގެ އިމާރާތްތަކުގައިވާ މި ދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެގެން 24 މެއި 2021ގައި ކުރި އިއުލާން (MNU-KC/2021/05) އަށް އެކަށީގެންވާ ވަރަށް މައުލޫމާތު ސާފުކުރުމަށް ނަންނޯޓްކޮށްފައިނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އިއުލާންކުރީމެވެ.

  1. 1.     އޭ ބްލޮކުގެ ފުރާޅުގައި ދަވާދުލުމާއި، ދިޔަދޮވި މަރާމާތުކުރުން އަދި ނަލަފިލާ މަރާމާތުކުރުން.
  2. 2.     ބީ ބްލޮކުގެ ފުރާޅުގައި ދަވާދުލުމާއި ދިޔަދޮވި ބަދަލުކުރުން.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 02 ން 2021 ޖޫން 08 އަށްބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި ކެމްޕަހުގެ ފޯނު ނަމްބަރު 6527761 އަށް ގުޅައި، ނަންނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2021ޖޫން 09 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މި ކެމްޕަހުގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

ތަފްސީލު

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

10 ޖޫން 2021

09:30

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

އަންދާސީ ހިސާބު ހުށައެޅުން

17 ޖޫން 2021

09:30

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

ނޯޓު: ބީލަމުގެ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ އަދި ބީލަން ހުށަހެޅުއްވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

01 ޖޫން 2021
ހޯދާ