ތ. ވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 02 ޖޫން 2021 08:51 ގައި ބާތިލް ކުރެވިފައެވެ.


 

ތ. ވަންދޫ ޞިއްޙީ މަރުކަޒު 

ދިވެހިރާއްޖެ

ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

 

ތ.ވަންދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ސާމްޕަލް ނަގައިގެން ތ.ހިރިލަންދޫ ޞިއްޙީމަރުކަޒަށް ލެބޯޓްރީ ސާމްޕަލް ގެންގޮސް ޙަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް  މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތ.ވަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

06 ޖޫން 2021 (އާދީއްތަ)، 11:00

09 ޖޫން 2021 (ބުދަ) ، 11:00

      

 

މިމަސައްކަތަށް ހުށައަޅާ އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ދީފައިވާ ފޯމެޓާއި، އެއްގޮތަށް އަގު ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށައަޅަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިމަރުކަޒަށް ސިޓީއަކުން އަންގަވަންވާނެއެވެ.

      ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

31 މޭ 2021
ހޯދާ