ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވޭޖް)

އިޢުލާން

މަޤާމު

އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވޭޖް)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ބާވަތް

ވޭޖް އެމްޕްލޯއިމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހޯނޑެއްދޫ ކައުންސިލް އިދާރާ

މަހު މުސާރަ / އުޖޫރަ

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 222.17ރ (ދުއިސައްތަ ބާވީސްރުފިޔާ ސަތާރަލާރި)

ކޮންޓްރެކްޓް ކުރެވޭ މުއްދަތު

މީލާދީ 05 (ފަހެއް) މަސްދުވަސް

މަޤާމަށް މުވައްޒަފު ނެގޭ ސަބަބު

މުވައްޒަފަކު ވިހެއުމުގެ ޗުއްޓީއަށް ދިއުމާއި ގުޅިގެން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިންކަމިންގ ކޯލްތަކަށް ޖަވާބުދިނުން.
  2. އެންޓްރީ ފޮތް ލިޔެ ބެލެހެއްޓުމާއި، ޖެމްސް މެދުވެރިކޮށް އެންޓްރީ ބެލެހެއްޓުން.
  3. ސްޓޮކް ބެލެހެއްޓުމާއި ސްޓޮކަށް ބޭނުންވާ ތަކެތި ހަމަޖެހިވާ އުޞޫލުގެ މަތިން ހޯދުން.
  4. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން.
  5. ކައުންސިލްގެ އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  6. ކައުންސިލް އިދާރާއަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި، ފުލުހުން މެދުވެރިކޮށް ތަހުޤީޤު ކުރަންޖެހޭ މައްސަލަތައް، ފުލުހުން މެދުވެރިކޮށް ތަހުޤީޤު ކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  7. ކައުންސިލް އިދާރާގެ ޔައުމިއްޔާއާއި، ޚާއްސަ ކަންތައްތަކުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެބެލެހެއްޓުން.
  8. ހުކުރު، ޢީދު، ކޭތަ ނަމާދު ތަކުގެ ޚުޠުބާތައް، ހުކުރު، ޢީދު، ކޭތަ ނަމާދު ކުރައްވާ ބޭފުޅުންނާއި ޙަވާލުކޮށް ބެލެހެއްޓުން.
  9. އިދާރީގޮތުން ފޮނުވަންޖެހޭ ސިޓީ، މެސެޖް އަދި އެހެނިހެން ލިޔުންތައް ފޮނުވައި ބެލެހެއްޓުން.
  10. ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފަސޭހައިން ފެންނަގޮތަށް، ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް އިޢުލާނާއެކު ގެޒެޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އައިޑީ ކާޑު ނެތްނަމަ އުފަންދުވަހުގެ ސެޓްފިކެޓު،  ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ސާފު ކޮޕީ (އަދާކުރި ވަޒީފާގެ މަސައްކަތްތައް އެނގޭގޮތަށް އަދި ތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޢަދަދު އެނގޭލިޔުންތައް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ.

  1. ތަޢުލީމް (އޯލެވެލް އިން ފެށިގެން މަތީ ފާސްތައް)
  • ނޯޓް: ވަޒީފާގެ ޝަރުޠު ހަމަކުރުމަށް ބޭނުންކުރެވޭ ސެޓްފިކެޓްތަކަށް މާކްސް ނުލިބޭނެއެވެ.
  1. މަސައްކަތުގެ ތަޖުރިބާ (މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)
  2. އިމްތިހާން/ޕްރެކްޓިކަލް %25 (ޕްރެކްޓިކަލް ދެވޭނީ މިވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ގުޅޭގޮތުންނެވެ.)
  3. ލިބިފައިވާ ހުނަރު (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %50

ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %35 ލިބިގެންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 08 ވަނަދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2021 ޖޫން 10 ވަނަ ދުވަހާއި 2021 ޖޫން 15 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް، އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

30 މޭ 2021
ހޯދާ