ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
2022-2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި ގުޅޭ

2021-2022 ވަނަ އަހަރު ދިރާސީ އަހަރަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، ދަރިވަރުން ވައްދަށް އެދިލައްވާ ފަރާތްތަކުން 2021 ޖޫން 14 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރުމަށްފަހު މަދަރުސާގެ އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2021 މޭ 30 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް މަދަރުސާގެ އޮފީހުގައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ދަރިވަރުން މަދަރުސާއަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

1- 2021-2022 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީއަށްް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (2022 މާރިޗު 31 އާ ހަމައަށް) 5 އަހަރު ފުރޭދަރިވަރެއްކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެ ދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ. މީގެ އިތުރުން ނަރސަރީ ފުރިހަމަކޮށްފައިނުވާ، އަލަށް މަދަރުސާއަށް ވަންނަ ދަރިވަރުންގެ ތެރެއިން 2021 އޯގަސްޓް 1 އަށް 4 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ މަދަރުސާއާއި މަޝްވަރާ ކުރުމަށްފަހު އެ ދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

2- 2021-2022 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ ޔޫ.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް އެލް،ކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (2022 މާރިޗް 31 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއްކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެ ދަރިވަރަކަށް ޔޫ.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

3- 2021-2022 ވަނަ އަހަރު ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (2022 މާރިޗު 31 އާ އަމައަށް) 7 އަހަރު ފުރޭ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ ގްރޭޑް 1 އިން ފުރުޞަތު ދެވިދާނެއެވެ.  

                                 30 މޭ 2021                                       

30 މޭ 2021
ހޯދާ