އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދލް އީޝާރު (ކުޑަމިސްކިތް)ގެ ވަށާ އިންފާރު މަރާމާތު ކުރުމާއި އިސްމާލް ކަލޭފާނު މަހާނަ ސަރަޙައްދު ހެދުމާގުޅޭ.

 

  * ފުރަތަމަ ރަސްމީ 100 ދުވަސް

އިޢުލާން

މަސްޖިދލް އީޝާރު (ކުޑަމިސްކިތް)ގެ ވަށާ އިންފާރު މަރާމާތު ކުރުމާއި އިސްމާލް ކަލޭފާނު މަހާނަ ސަރަޙައްދު ހެދުމާގުޅޭ.

                        މަސްޖިދލް އީޝާރު (ކުޑަމިސްކިތް)ގެ ވަށާ އިންފާރު މަރާމާތު ކުރުމާއި އިސްމާލް ކަލޭފާނު މަހާނަ ސަރަޙައްދުގެ މަސައްކަތް މިކައުންސިލުން ދޭ ޑިޒައިންތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                        މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން 3 ޖޫން 2021ވާ ބުރާސްފަތި ދުވަހުގެ 13:30އަށް މިކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު މިކައުންސިލުން ދެއްވާ މައުލޫމާތު ޝީޓާއެއްގޮތަށް މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 09 ޖޫން 2021ވާ ބުދަ ދުވަހުގެ 13:30ގައި މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށައެޅޭ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 09 ޖޫން 2021ވަނަ ދުވަހުގެ މެންދުރުފަހު 13:00ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅުން ފޮނުވާ ފަރާތްތަކުން، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660657 ނުވަތަ 9494094 ނަންބަރާއެވެ.

                        ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާންކުރަމެވެ.

                        15 ސައްވާލު 1442

                        27 ޖޫން 2021

27 މޭ 2021
ހޯދާ