ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2022-2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި ގުޅޭ

2022-2021 ވަނަ އަހަރު ދިރާސީ އަހަރަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން  2021 ޖޫން 13 ވާ އާދިއްތަ  ދުވަހުގެ 12:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2021 މެއި 26 ވާ ބުދަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 13:30 އަށް ސްކޫލް އޮފީހުގައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1ގެ ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

1- 2022-2021 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ. މީގެ އިތުރުން ނަރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޯގަސްޓް 2021 އަށް 4 އަހަރު ފުރޭނެ  ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ ސްކޫލާއި މަޝްވަރާކުރުމަށްފަހު އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

2- 2022-2021 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ ޔޫ.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ޔޫ.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

3- 2022-2021 ވަނަ އަހަރު ކީސްޓޭޖް 1ގެ ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް 1 އިން ފުރުޞަތު ދެވިދާނެއެވެ.

27 މޭ 2021
ހޯދާ