ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު މަރާމާތްކުރުމާއި ގުޅޭ

އިޢުލާން

ފުޓްސަލް ދަނޑު މަރާމާތްކުރުމާއި ގުޅޭ

                   ގއ ކޮލަމާފުށީ ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް  05 މޭ 2021 ގައި ކުރެވުނު އިޢުލާން ނަންބަރ  (IUL)406-esms-m/INDIV/2021/13 ގުޅިގެން ބިޑްހުށަހެޅި ފަރާތްތަކުން ހުށަހެޅި ބިޑްތައް ފުރިހަމަނުވާތީ  އެ ބިޑްތައް ބާތިލްކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • މައުލޫމާތު ދިނުން:    03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ  13:00 ގައި ކޮލަމާފުށީ ކައުންސިލްގެ އިދާރާގައި
  • ބިޑްބަލައިގަތުން:      10 ޖޫން 2021 ވާ ބުރާސްފަތި 13:00 ގައި ކޮލަމާފުށީ ކައުންސިލްގެ އިދާރާގައި

                   ވީމާ،  މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް  ބިޑް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތައް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ  އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔެކިޔުންތައް ހުށަނާޅާނަމަ އަންދާސީ ހިސާބް ބަލައިނުގަނެވޭނެއެވެ. އަދި މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.

                    އިތުރު މައުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރ 6820017 ފޯނާއި ގުޅުއްވުން އެދެމެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

                     14 ޝައުބާން 1442

                    

26 މޭ 2021
ހޯދާ