ކިނޮޅަހު ހެލްތު ސެންޓަރ، ރ. ކިނޮޅަސް
ދިވެހިރާއްޖެ
ރ.ކިނޮޅަސް ޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓުތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ.އިނގުރައިދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް.


                     

                                                                                                                ނަންބަރ:E17/KHC/IUL/2021/09                  

ކިނޮޅަހު ސިއްޙީ މަރުކަޒު

 ރ. ކިނޮޅަސް / ދިވެހިރާއްޖެ         
                             އިޢުލާން

ރ.ކިނޮޅަސް ޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓުތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ.އިނގުރައިދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް.

               ރ.ކިނޮޅަސް ސިއްހީ މަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ.އިނގުރައިދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މިދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޙްތަކުގައި ރ.ކިނޮޅަހު ޞިއްޙީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ނަންނޯޓްކުރުން

27 މެއި  2021 ބުރާސްފަތި ދުވަހުންފެށިގެން 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހާއިދެމެދުގެ ރަސްމީދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14.00 އާއި ދޭތެރޭ

 

މައުލޫމާތު ދިނުން

06 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11.00 ގައި

 

އަންދާސީ ހިސާބުހުށައެޅުން

13 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ  ހެނދުނު 11.00 ގައި

 

 

           ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580401 އަށް ގުޅުއްވުން އެދެމެވެ.

26 މޭ 2021
ހޯދާ