އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ޞިއްޙީމަރުކަޒުގައި ފައިބަރނެޓްވޯކް އެޅުމަށް، ކޯރުކޮނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

* މިމަރުކަޒުގެ ފައިބަރނެޓްވޯކް އެޅުމަށް، ކޯރުކޮނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

              މިމަރުކަޒުގެ ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް އިނގުރައިދޫ ކައުންސިލް އިދާރާއާއި މިމަރުކަޒާއި ދެމެދު ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

               ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ  ތާރީޚަށް އިނގުރައިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އިނގުރައިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

ތާރީޚް: 02 ޖޫން 2021 (ބުދަ)

ގަޑި:   13:00

ތާރީޚް: 08 ޖޫން 2021 ( އަންގާރަ )

           ގަޑި:   13:00

 

                މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.            

                އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އެސްޓިމޭޓް ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580395/9960678 ނަންބަރާއި ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

               މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.        

26 މޭ 2021
ހޯދާ