އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމާ ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމުގެ ވޯޓު އަލުން ގުނުން

 (IUL)38-CA/38/2021/607 :ނަންބަރު

 

އިޢުލާން

 

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2021/HC-I-SH/03

ގަޟިއްޔާގެ ހުކުމާ ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމުގެ ވޯޓު އަލުން ގުނުން

 

2021 އޭޕްރީލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބެހެއްޓުނު، ނަންބަރުPT.6  (ގއ. އަތޮޅު، މާލެ-6) ވޯޓު ފޮށްޓާއި،

ނަންބަރު P7.1 (ގއ.  ކޮނޑޭ-1) ވޯޓު ފޮށްޓާއި، ނަންބަރު YT.10 (ހުޅުމާލެ، އެހެނިހެން-10) ވޯޓު ފޮށީގެ ސެކިއުރިޓީ އުރަތައް ކަނޑައި އެ ވޯޓު ފޮށިތަކުން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމަށް ލިބިފައިވާ އެންމެހާ ވޯޓުތައް އަލުން ގުނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2021/HC-I-SH/03

ގަޟިއްޔާއިން 2021 މެއި 23 ވަނަ ދުވަހު ހުކުމް ކުރައްވާފައިވާތީ، މި ހުކުމާ އެއްގޮތަށް މި ވޯޓުފޮށިތަކުން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުތައް 2021 މެއި 24 ވީ ހޯމަ ދުވަހު އަލުން ވަނީ ގުނާފައެވެ.

އިސްވެ ދެންނެވިފައިވާ ހުކުމާ އެއްގޮތަށް ވޯޓު ފޮށިތަކުގެ ވޯޓުތައް އަލުން ގުނިއިރު، މިކޮމިޝަނުގެ ނަންބަރު

(IUL)38-CA/38/2021/319

(22 އޭޕްރިލް 2021) އިޢުލާނުން، އާންމުކޮށްފައިވާ، ގއ.ކޮނޑޭ ކައުންސިލްގެ ރައީސްކަމުގެ މަޤާމުގެ ރަސްމީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން، މި ކޮމިޝަނުގެ ނަންބަރު

(IUL)38-CA/38/2021/319

(22 އޭޕްރިލް 2021) އިޢުލާނުގައިވާ ގޮތަށް، ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ޤާނޫނީ ހަމަތަކުގެ މަތީން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުރިމަތިލި، ނައިޓްރޯސް / ގއ. ކޮނޑޭ، އަޙްމަދު ޢަބްދުލްޙަކީމް އިންތިޚާބުވެފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

 

13 ޝައްވާލް 1442

 

25 މޭ 2021
ހޯދާ