މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކުރުން.

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކުރުން.

                     ދިވެހިރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓޯރުލުކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ 26 މޭއި 2021 ވަނަ ދުވަހުން ފެށިގެން ފުރަބަންދުގެ ޙާއްސަ ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާތީ، 25 މޭއި 2021 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާއި ބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 24 ޖޫން 2021 ގެ ނިޔަލަށް އިތުރު ކޮށްދީފީމެވެ. މިގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް، އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދުފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު  އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށްފަހު އުޅަނދުފަހަރުގެ ދަތުރުތައް ފެށުމަށް އިލްތިމާސް ކުރީމެވެ.

އަލަށް އުޅަނދެއް ރަޖިސްޓްރީކޮށް 25 އެޕްރީލް 2021 ގެ ފަހުން 30 މުއްދަތު  ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 24 މެއި 2021 ގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯއްދެއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވެމެވެ. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 25 މެއި 2021 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 24 ޖޫން 2021 ގެ ނިޔަލަށް އިތުރުކޮށްދީފީމެވެ.

25 މޭ 2021
ހޯދާ