ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޓްރައިބިއުނަލް ހިންގާ އިމާރާތް ބަދަލުވުމާއި ގުޅޭ

ޢާންމު މަޢުލޫމާތު

ނަންބަރު:  223/1/2021/15(IUL)

ތާރީޚް:  25 މޭ 2021

 

 

ޓްރައިބިއުނަލް ހިންގާ އިމާރާތް ބަދަލުވުމާއި ގުޅޭ

     މިހާރު މި ޓްރައިބިއުނަލްގެ އޮފީސް ހިނގަމުންދާ އިމާރާތް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ)، ގ.މާގަހައަށް ބަދަލުކުރުމުގެ މަސައްކަތް 31 މޭ 2021 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1 ޖޫން 2021 އިން ފެށިގެން މި ޓްރައިބިއުނަލްގެ އޮފީސް ހިންގަމުން ގެންދާނީ ގ.މާގަހަ (ބުރުޒުމަގު) 03 ވަނަ ފަންގިފިލާގައެވެ.

     މި ޓްރައިބިއުނަލަށް ފޮނުވާ ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވާ އީ-މެއިލްތަކާއި ގުޅުއްވާނެ ނަންބަރުތައް ތިރީގައިއެވަނީ އެވެ.

އީމެއިލް:

  • އިސްތިއުނާފް ކުރާ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް: [email protected]              
  • އޮފީހަށް ފޮނުވާ އެހެނިހެން ލިޔެކިޔުންތައް:        [email protected]

ފޯން:  3015555

މޮބައިލް:  7374767

 

 

 

 

 

 

 

 

 

25 މޭ 2021
ހޯދާ