މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނީލަން

ނީލަން

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ

 

 ނަންބަރު:IUL)25-A4/25/2021/35)  

 

އިޢުލާން


 

 މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން:

 

މި މިނިސްޓްރީގެ އިއުލާން ނަންބަރ:IUL)25-A4/25/2021/33) އާއި ގުޅޭ،

މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް 18 މެއި 2021 ގައި ކުރެވުނު އިއުލާނާގުޅިގެން، 24 މެއި 2021 ވީ  ހޯމަ ދުވަހު ނީލަން ކިޔުމަށްފަހު އެއްވެސް ފަރާތަކުން ގަނެފައި ނުވާތީ، މިތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުން 30 މެއި 2021 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި މިމިނިސްޓްރީގެ ގޯތިތެރޭގައި (ބޮޑުތަކުރުފާނުމަގު، 6 ނަންބަރު ޖެޓީ ކުރިމަތި) އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 3323400 އަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 


12 ޝައްވާލް 1442

24 މެއި 2021

 

24 މޭ 2021
ހޯދާ