ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޑެއްލާ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އައިޓީ އާއި ގުޅޭގޮތުން ހޯދަންޖެހޭ ހާޑުވެއަރ ސާމާން ތަކެއް ހޯދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

ނަޑެއްލާ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އައިޓީ އާއި ގުޅޭގޮތުން ހޯދަންޖެހޭ ހާޑުވެއަރ ސާމާން ތަކެއް ހޯދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އައިޓީ އާއި ގުޅޭގޮތުން ހޯދަންޖެހޭ ހާޑުވެއަރ ތަކެއް ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)418-AS/418/2021/21  ( 21 އޭޕްރިލް 2021 ) އިޢުލާނާއި ގުޅިގެން ބަލައިގަނެވުނު ބިޑުތަކުގެ އަގު ހަމަޖެހިފައިވާ ބަޖެޓަށްވުރެ ބޮޑުވުމާއި ގުޅިގެން، އެ އިޢުލާން ބާޠިލުކޮށް އައިޓީ އާއި ގުޅޭގޮތުން ހޯދަންޖެހޭ ހާޑުވެއަރ ތަކެއް ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަސައްކަތާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން ނުވަތަ އީ-މެއިލަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. މި އިދާރާގެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:    27 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.
  2. އަންދާސީ ހިސާބު ބަލައިގަތުން: 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޝައްވާލް 1442      

23 މޭ 2021  

23 މޭ 2021
ހޯދާ